ހައްދުންމަތީ ރަށު ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފައަންނަމުންދާ ގޮތް 2022 ވަނަ އަހަރުގެ މޭ/ޖޫން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ވާގޮތުގެ
މަތިން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު އާންމު ކުރުމަކީ ރަށު ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.
ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާން
ކޮށްފައިވާ ގޮތަށް، 2022 ވަނަ އަހަރުގެ މޭ، ޖޫން މަހުގައި މި ދެންނެވި މަޢުލޫމާތު އާންމު ކޮށްފައިވާ ކައުންސިލްތަކުން އެ މަޢުލޫމާތު މި ކައުންސިލަށް ހިއްސާކުރުމަށް ވަނީ ދަންނަވާފައެވެ. އެގޮތުން، މޭ، ޖޫން މަހުގައި މަޢުލޫމާތު އާންމުކޮށް، މި ކައުންސިލަށް 2022 ޖުލައި 31 ވަނަދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާ، މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ކައުންސިލްގެ ނަން | މައުލޫމާތު ހިއްސާކުރި ގޮތް | މައުލޫމާތު ހިއްސާކުރި ތާރީހް | އަތޮޅު ކައުންސިލަށް ފޮނުވި ތާރީޚް | |
ހައްދުންމަތީ އިސްދޫ ކައުންސިލް. | ވެބްސައިޓް | 30/07/2022 | 29/07/2022 | |
ހައްދުންމަތީ ކަލައިދޫ ކައުންސިލް. | ވައިބަރ ކޮމިޔުނިޓީ | 24/07/2022 | 24/07/2022 | |
ހައްދުންމަތީ ދަނބިދޫ ކައުންސިލް. | ފޭސްބުކް | 31/07/2022 | 17/07/2022 | |
ހައްދުންމަތީ މާބައިދޫ ކައުންސިލް. | ވެބްސައިޓް | 01/08/2022 | 31/07/2022 | |
ހައްދުންމަތީ މުންޑޫ ކައުންސިލް. | ވެބްސައިޓް | 25/07/2022 | 06/07/2022 | |
ހައްދުންމަތީ ގަން ކައުންސިލް. | ވެބްސައިޓް | 06/07/2022 | 07/07/2022 | |
ހައްދުންމަތީ ފޮނަދޫ ކައުންސިލް. | ވެބްސައިޓް | 21/07/2022 | 09/07/2022 | |
ހައްދުންމަތީ މާމެންދޫ ކައުންސިލް. | ފޭސްބުކް | 29/07/2022 | 29/07/2022 | |
ހައްދުންމަތީ ހިތަދޫ ކައުންސިލް. | ފޭސްބުކް | 30/07/2022 | 30/07/2022 | |
ހައްދުންމަތީ ކުނަހަންދޫ ކައުންސިލް. | ފޭސްބުކް | 29/06/2022 | 04/07/2022 | |
ހައްދުންމަތީ މާވަށް ކައުންސިލް. | ފޭސްބުކް | 12/07/2022 | 13/07/2022 |