ރަށުކައުންސިލްތަކަށް 4 ވަނަ ދައުރަށް އިންތިހާބުކުރެވުނު ކައުންސިލަރުންގެ މާލީބަޔާންތައް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ 121 ވަނަ މާއްދާގައި، ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިޚާބުވުމާއެކު އެ މެންބަރެއްގެ ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު އަދި އެކައުންސިލަރެއްގެ އާމްދަނީއާއި އާމްދަނީ ލިބޭ ވިޔަފާރީގެ ގުޅުންތަކާބެހޭ މަޢުލޫމާތު ލިޔުމަކުން ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް، 2021 މެއި 17 ވަނަ ދުވަހު ހުވާ ކުރެއްވި މި އިދާރީ ދާއިރާގެ ރަށު ކައުންސިލަރުންގެ ތެރެއިން ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު ހުށަހަޅާފައިވާ ކައުންސިލް މެމްބަރުންގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.